ކުޅިވަރު

މިނެސޯޓާ ޓިމްބަވުލްވްސް އަތުން ޑެންވާ ނަގެޓްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބަވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 146 ޕޮއިންޓް 112 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 20 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 16 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޓިމްބަރވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 9 ރީބައުންދް ނަގާދީ 2 އެސިސްޓް ދިން ލޫކާ ގާޒާއެވެ.

މިމުބާރާތުގައި މެމްފިސް ގްރިޒްލީސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 104 ޕޮއިންޓް 89 ޕޮއިންޓުން ކާމުޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 34 ޕޮއިންޓް ހޯދާދީ 6 ރީބައުންދް ަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ނިކޮލާ ވުސެވިޗްއެެވެ.

މީގެއިތުރުން ފީނިކްސް ސަންސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑިއާންޑްރޭ އައިޓަންވަނީ 35 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާދީފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 43 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ކޭމް ތޯމަސްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 107 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު ނިއުޔޯކް ނިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 102 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ.