ކުޅިވަރު

ގަތަރުގެ ކޯޗަކަށް ކާލޯސް ކުއެރޯޒް ހަމަޖައްސައިފި


ގަތަރު ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗުގެ މަގާމަށް ޕޯޗުގަލުގެ ތަޖުރިބާކާރު ކޯޗު ކާލޯސް ކުއެރޯޒް ހަމަޖައްސައިފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ކުއެރޯޒް އެމަގާމްގައި 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕާއި ހަމައަށް ހުންނާނެއެވެ.

އެންމެފަހުން ބޭއްވި ފީފާ ވާރލްޑް ކަޕްގައި ޤަތަރު ވަނީ މުބާރާތް ބޭއްވި ޤައުމުގެ ހައިސިއްޔަތުން ވާދަކޮށްފައެވެ. އެމުބާރާތުގައި އެޓީމްގެ ކޯޗަކަށް ހުރީ ސްޕެއިންގެ ފީލިކްސް ސަންޗޭޒްއެވެ. ނަމަވެސް ވާރލްޑް ކަޕްގައި ކުޅުނު ތިންމެޗުންވެސް ބަލިވެ ހީކުރިވަރުގެ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ކުއެރޯޒްވަނީ މީގެކުރިން ޕޯޗުގަލް، ދެކުނު އެފްރިކާ، ކޮލަމްބިއާ އަދި މިސްރުގެ ޤައުމީ ޓީމާއި ރެއާލް މެޑްރިޑް ފަދަ ފާހަގަ ކޮށްލެވޭ ޓީމްތަކަށް ކޯޗް ކޮށްދީފައެވެ. އަދި އީރާން ޤައުމީ ޓީމާއެކު ގިނަ އަހަރު ތަކެއް އޭނާ ހޭދަކޮށްފައިވެއެވެ. އަދި އެންމެފަހުން ބޭއްވި ވާރލްޑް ކަޕަށް އޭނާވަނީ އީރާން ކޮލިފައިވެސް ކޮށްދީފައެވެ.

ކުއެރޯޒްގެ އެންމެ ބޮޑު މަސައްކަތަކަށް މިހާރު ވެގެންދާނީ 2026 ވަނަ އަހަރުގެ ވާރލްޑް ކަޕަށް ޤަތަރު ކޮލިފައިކޮށްދިނުމެވެ.