ކުޅިވަރު

ކަރީއަށް އަނިޔާވެ މުއްދަތެއް ނެތްގޮތަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ


ގޯލްޑަން ސްޓޭޓް ވޮރިއާސްގެ ގާޑް ސްޓެފަން ކަރީގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މުއްދަތެއް ނެތްގޮތަށް ކުޅުމާ ދުރަންދާން ޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކަރީއަށް އަނިޔާވެފައިވަނީ އެންމެފަހު ޑެލަސް މެވްރިކްސް އާއި ބައްދަލުކޮށް 119 ޕޮއިންޓް 113 ޕޮއިންޓުން ވޮރިއަރސް މޮޅުވިމެޗްގައެވެ.

ކަރީއަށް އެ މެޗްގައި އަނިޔާވެފައިވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ކަކުލާއި ޖެހިފައެވެ. ކަކުލަށް މާބޮޑަށް ތަދުވާތީ ހޯމަ ދުވަހު ހެދި އެމްއާރުއައިއިން ދެއްކި ގޮތުގައި އޭނާގެ ލިގަމެންޓަށްވަނީ އަނިޔާވެފައެވެ.

ވޮރިއަރސްއިން ހާމަކުރިގޮތުގައި ކަރީގެ ކަކުލަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލް ހާމަވެގެންދާނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައެވެ. މިއަނިޔާގެ ސަބަބުން މިމަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެން.ބީ.އޭ. އޯލް ސްޓާރ މެޗްގައި ނުކުޅެވިދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.

އެން.ބީ.އޭ. ގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާދައިވާ ކަރީއަށް މިސީޒަންގައި މީގެ ކުރިން ލިބުނު އަނިޔާއަކާއި ގުޅިގެންވަނީ 11 މެޗް ކުރިންވެސް ގެއްލިފައެވެ. އެފަހަރު އަނިޔާވެފައިވަނީ އޭނާގެ ކޮނޑަށެވެ.