ވިޔަފާރި

މިމަހު 9 އިން 15 އަށް ކްރޮސްރޯޑަށް ހިލޭ ދެވޭނެ


މިމަހުގެ 9 އިން 15 އަށް ކްރޮސްރޯޑަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ކްރޮސްރޯޑަށް ހިލޭ ދަތުރުކުރެވޭގޮތް ހަދާފައިވަނީ މި މުއްދަތުގައި ކްރޮސްރޯޑްގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާތީއެވެ. ކްރޮސްރޯޑަކީ މިހާރުވެސް ދިވެހިންގެ މެދުގައި މަޤްބޫލު ތަނެކެވެ.

ކްރޮސްރޯޑްގައި އޮންނަ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި މިމަހުގެ 9 ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑްގެ ހަރަކާތްތައް ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ކުރިއަށް ދާނެކަމަށް ކްރޮސްރޯޑުން މައުލޫމާތުދެއެވެ. އަދި ޑީޓިއުން ބޭންޑްގެ ހަރަކާތްތައް 8:30 ގައި ހާޑްރޮކް ކެފޭގައި ކުރިއަށްދާނެއެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު މެރީނާގައި ސްޓްރީޓް މާކެޓް ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޑެވިއޭޓް ބޭންޑްގެ ހަރަކާތްތަކާއި ރޭގަނޑު ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 11 ވަނަ ދުވަހު ގޭމްތަކާއިއެކު ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޕްރޮޖެކްޓް ގްރޫވް ބޭންޑްގެ ހަރަކާތްތައް އޮންނާނެއެވެ. 12 ވަނަ ދުވަހު އިކުއެޓިކް ވައިބް ބޭންޑްގެ ހަރަކާތްތައް އޮންނައިރު 13 ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑް ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި ރޭގަނޑު ޑެވިއޭޓް ބޭންޑްގެ ހަރަކާތްތައް އޮންނާނެއެވެ. ފެބްރުއަރީ 14 ވަނަ ދުވަހުވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ރަށެކެވެ.