ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ލަންކާއަށް ވަޑައިގަތުމުން ޝާހިދުއަށް މަރުހަބާ ދެންނެވީ ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީއެވެ.
Foreign Minister @abdulla_shahid arrives in #SriLanka, on the invitation of FM of Sri Lanka, @alisabrypc. Minister Shahid will call on the President of Sri Lanka @RW_UNP, PM of Sri Lanka @DCRGunawardena & hold bilateral talks with the FM of Sri Lanka. pic.twitter.com/wvBbRhS77T
— Ministry of Foreign Affairs ?? (@MoFAmv) February 2, 2023
މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ޝާހިދު ބައްދަލުކުރައްވާނެއެވެ.
ޝާހިދުގެ ދަތުރުފުޅުގައި ލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލް، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.