ޚަބަރު

އެކްތާގެ "ދަ ކްރޫ" އަށް ދިލްޖީތު


ޕަވަރހައުސް ޕްރޮޑިއުސަރުން ކަމަށްވާ ރިއާ ކަޕޫރާއި އެކްތާ ކަޕޫރުގެ ފިލްމު "ދަ ކްރޫ" ގެ ކާސްޓަށް ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ހަމަޖައްސައިފިއެވެ.

މަޝްހޫރު 3 ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރު، ތާބޫ އަދި ކްރިތީ ސެނޮން މިހާރުވެސް ކާސްޓުގައި ހިމެނޭ މި ފިލްމަކީ އޭވިއޭޝަން ދާއިރާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ދެއްކި "ވީރޭ ދެ ވެޑިން" އަށް ފަހު އެކްތާ އާއި ރިއާ އެކުގައި ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.

އަންނަ މާރިޗު މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓު ކުރަނީ ރާޖޭޝް ކުރިޝްނަން އެވެ.

ދިލްޖީތަކީ ކުރިންވެސް ހިންދީ ފިލްމު ކުޅެފައިވާ އެކްޓަރެކެވެ. އެގޮތުން ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނުނު 2019 ވަނަ އަހަރު ދެއްކި "ގުޑް ނިއުސް" އަދި 2016 ވަނަ އަހަރު ދެއްކި "އުޅުތާ ޕަންޖާބް" ހިމެނެއެވެ.