ޚަބަރު

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެންމެ ފަހު ބައި ކަޝްމީރުގައި


ޝޫޓިންގެ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެންމެ ފަހު ލަވައިގެ ޝޫޓިން ކަޝްމީރުގައި ނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

މީގެކުރިން ޔޫރަޕްގައި ޝޫޓް ކުރާ ގޮތަށް ހަމަޖައްސާފައިވާ މި ލަވައަކީ ކަރަން އައިޑޮލްއެއްގެ ގޮތުގައި ދެކޭ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ޓްރިބިއުޓެއް ދޭން ފިލްމުގައި ހިމަނަން ނިންމީ ލޯބީގެ ހިތްގައިމު ލަވައެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ކަޝްމީރުގައި ލަވަ ޝޫޓް ކުރާ ގޮތަށް ނިންމީ ބަތަލާ އާލިއާ ބަޓްގެ ދަރިފުޅު ދޫކޮށްލާފައި ދިގު ޝެޑިއުލްއަކަށް ޤައުމުން ބޭރަށް ދާން ބޭނުން ނުވާތީއެވެ.

އާލިއާ އާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެންމެ ލަވައެއް ފިޔަވައި އެހެން ހުރިހާ މަންޒަރެއް ނަގައި މިދިޔަ އަހަރު ވަނީ ނިންމާލާފައެވެ. އަދި ލޯބީގެ ލަވައިގެ ޝޫޓިން ފަސްކުރަން ޖެހުނީ އާލިއާ ބަލިވެއިނުމާއި ގުޅިގެންނެވެ. މި ލަވައިގެ ޝޫޓިން ވާނީ ވިހެއުމަށް ފަހު އާލިއާ ކުރާ ފުރަތަމަ ފިލްމީ މަސައްކަތަށެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އެޕްރީލް 28 ގައެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީވެސް ހިމެނެއެވެ.