ކުޅިވަރު

ނިއުއޯލިއަންސް ޕެލިކަންސް އަތުން ޑެންވާ ނަގެޓްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ނަގެޓްސްއިން ކާމިޔާބު ކޮށްފައިވަނީ 99 ޕޮއިންޓް 98 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 25 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޕެލިކަންސްގެ ސީޖޭ މެކްކޮލަމްވަނީ 20 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖް ވަނީ 27 ޕޮއިންޓް ހޯދާދީ 9 ރީބައުންދް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްގެ ލެބްރޮން ޖޭމްސްވަނީ 46 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން މައޭމީ ހީޓް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 98 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔަބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ބޭމް އަޑެބަޔޯވަނީ 30 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 31 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.