ޜާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި ގިނަ ވަކީލުން ފާސްވެއްޖެއެވެ.
މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ތާރީޚުގައި ބޭއްވުނު ފުރަތަމަ ބާ އިމްތިހާނެވެ. ބާ ކައުންސިލުން ވިދާޅުވީ ޤާނޫނީ ވަކީލަކަށް ވުމަށް ހަދާ، ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 68 އިންސައްތަ ދަރިވަރުންނަކީ ފުރަތަމަ ފަހަރަށް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންކަމަށެވެ. އަދި 68 އިންސައްތަ ދަރިވަރުންވެސް އެ އިމްތިހާނުން ފާސްވެފައިވާކަމަށްވެސް ބާ ކައުންސިލުން ވިދާޅުވެއެވެ.
ބާ ކައުންސިލުން ވަނީ އެ އިމްތިހާނުން ފާސްވި ދަރިވަރުންނާއި، އެންމެ މަތީ މަތީޖާ ހޯދި ދަރިވަރުންނަށް މަރުހަބާ ކިޔާފައިއެވެ. ބާ ކައުންސިލުން ވިދާޅުވީ މިއިމްތިހާނުގައި ބައިވެރިވި ދަރިވަރުން އެވްރެޖްކޮށް %66 އިން ފާސްވެފައިވާކަމަށާއި، 18 ދަރިވަރުން ވަނީ "ޓޮޕް އެޗީވަރސް" ނުވަތަ އެންމެ މަތިން އިމްތިހާނުން ނަތީޖާ ހޯދައިފައިވާކަމަށެވެ.
Results of the BE2022 are being issued! BCM extends felicitations to all examinees who have passed the first Bar Exam.
— Bar Council of the Maldives (@MvBarCouncil) January 22, 2023
We congratulate @MNUedu @UoLondon @VillaCollegeMv for having the highest percentage of graduates in the Top Achievers list.
@USAIDMaldives @ABARuleofLaw pic.twitter.com/uIYJr7OLXL
ބާ ކައުންސިލުން ވިދާޅުވީ އެންމެ މަތިން ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރުން އެއްވަނަ ހާސިލްކޮށްފައިވާކަމަށެވެ. އެއީ މުހައްމަދު އަޒާން އާސިފް އާއި، ހުސެއިން ޒަމީލްގެ އިތުރުން އިޝްހާގް ހުސެއިންއެވެ. ބާ ކައުންސިލުން ވިދާޅުވީ މި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނައީ ޤައުމީ ޔުނިވާސިޓީއިން ދަސްވެނިވި ދަރިވަރުންނާއި، ޔުނިވާސިޓީ އޮފް ލަންޑަން އަދި ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންކަމަށެވެ. އަދި މިދަރިވަރުންގެ ދަސްވެނިވުން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.
ބާ ކައުންސިލުން ވަނީ މިއިމްތިހާން އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކަމާއިބެހޭ އިދާރާތަކުން ދިން އެއްބާރުލުން ފާހަގަކޮށްފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާން ބާއްވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ބާ އިމްތިހާނަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު ފަދަ އަސާސީ ބައެއް ހުނަރުތައް ދެނެގަތުމަށް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.