ޚަބަރު

އަނިލްގެ "ދަ ނައިޓް މެނޭޖާ" ގެ ޓްރެއިލާ ދައްކާލައިފި


އަނިލް ކަޕޫރާއި އަދިތްޔާ ރޯއި ކަޕޫރު ފެންނަ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ސީރީޒަކީ ހަމަ އެ ނަމުގައި ބީބީސީ ވަން އިން 2016 ވަނަ އަހަރު ގެނެސްދިން ސީރީޒްގެ ރިމޭކެކެވެ. މި ސީރީޒް ޕްރިމިއާ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ދަ ނައިޓް މެނޭޖާ" ގައި ދައްކާނީ ހަތިޔާރުގެ ވަގު ވިޔަފާރިކުރާ ނުފޫޒު ގަދަ ވިޔަފާރިވެރިއަކު އަތުލައި ގަތުމަށް ހޮޓަލެއްގެ ނައިޓް މެނޭޖަރެއްގެ ބޭނުން ހިފާ ގޮތެވެ.


މީގެ ހިންދީ ވާޝަންގެ ކާސްޓުގައި އަނިލްއާއި އަަދިތްޔާގެ އިތުރުން ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. "ދަ ނައިޓް މެނޭޖާ" ގެ ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީއެވެ.

6 އެޕިސޯޑަށް ގެނެސްދިން މީގެ އޮރިޖިނަލް ސީރީޒް ސޫޒަން ބިއާ ޑައިރެކްޓްކުރިއިރު، މައިގަނޑު ކާސްޓުންނަކީ ޓޮމް ހިލެޑްސްޓަނާއި ހިއު ލޯރީ އާއި އޮލީވިއާ ކޮލްމަން އާއި އެލިޒަބަތު ޑެބީކީގެ އިތުރުން ޓޮމް ހޮލެންޑާ އެވެ.