ޚަބަރު

ތަކަންދޫ ކައުންސިލްގެ ބައި-އިލެކްޝަންސް އެމްޑީޕީއަށް


ހއ. ތަކަންދޫ ކައުންސިލަށް އަންހެން މެމްބަރަކު އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ. ޖުމްލަ ދެ ކެނޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރީ ފާޠިމަތު ޝައުފާއެވެ. ދެން ވާދަކުރީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތް ފަހީމާ މުހައްމަދެވެ.

ޝައުފާއަށް ލިބިފައިވަނީ 237 ވޯޓެވެ. ފަހީމާއަށް ލިބުނީ 203 ވޯޓެވެ. މި އިންތިޚަބުގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވަނީ 675 މީހަކަށެވެ. ވޯޓްލީ 448 މީހުންނެވެ. ވޯޓްލީ މީހުންގެ އިންސައްތައަކީ 66.37 އެވެ.

ތަކަންދޫ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމަށް ބައި އިލެކްޝަނެއް ބޭއްވީ އެމަޤާމުގައި ކުރިން ހުންނެވި ޒާހިޔާ އަލީ އިސްތިއުފާދެއްވުމުންނެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މެމްބަރެކެވެ.

3 މެމްބަރުންނާއި އެކު ތަކަންދޫ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީގައެވެ. އަނެއް ދެ ކައުންސިލަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ކައުންސިލަރުންނެވެ.

އިންތިޚާބު ކާމިޔާބުވުމުން އަހްމަދު މަހްލޫފް ވިދާޅުވީ އެކުވެރިކޮށް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެމްޑީީއަށް މިއަށްވުރެ ބޮޑެތި ކާމިޔާބީ ހޯދޭނެކަމަށެވެ.