ޚަބަރު

ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބަޔޯ ޕިކެއް


ކުރީގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބަޔޯ ޕިކެއް އުފައްދަން ނިންމައިފިއެވެ. "މައިކަލް" ގެ ނަން ދީފައިވާ މި ފިލްމަކީ ލަޔަންސްގޭޓާ ގުޅިގެން އުފައްދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އެންޓޮއިން ފުގްއާ އެވެ.

އޭނާއަކީ މިދިޔަ އަހަރު އެޕްލް ޓީޕީ ޕްލަސް އިން ގެނެސްދިން ވިލް ސުމިތުގެ "އެމަންސިޕޭޝަން" ގެ ޑައިރެކްޓަރެވެ. އެންޓޮއިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ޓްރެއިނިން ޑޭ"، "ކިންގް އާތާ"، "އޮލިމްޕަސް ހޭޒް ފޯލެން" އަދި "ދަ މެގްނިފިޝަންޓް" ހިމެނެއެވެ.

އެންޓޮއިންގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ "އީކްއަލައިޒާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ސެޕްޓެބަރު 1 ގައެވެ.

"މައިކަލް" އަށް ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ޝޫޓިން އޮތީ މިހާރު ފެށުމުގެ އެންމެ ފަހު މަރުހަލާގައެވެ. އެކަމަކު "ބޮހީމިއަން ރަޕްސޮޑީ" އާއި "ދި އޭވިއާޓޭ" އަދި "ދަ ޑިޕާޓެޑް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ގްރަހަމް ކިންގް ޕްރޮޑިއުސްކުރާ ފިލްމުގެ ޓައިޓްލް ރޯލު ކުޅޭނެ މީހަކު އަދި ހާމައެއް ނުކުރެއެވެ.

"މައިކަލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 2012 ގައި ގެނެސްދިން "ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ސްކައިފޯލް" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖޯން ލޯގަންއެވެ.

އެމެރިކާއަށް ނިސްބަތްވާ މައިކަލް ޖެކްސަންއަކީ ދުނިޔޭގައި އުފެދުނު އެންމެ މަޤުބޫލު އަދި އެންމެ ނުފޫޒު ގަދަ މިއުޒިކީ އެއް ޝަހުސިއްޔަތެވެ. މައިކަލް މަރުވެފައިވަނީ އޭނާގެ އުމުރުން 51 އަހަރުގައި 2009 ގައެވެ.