ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީީސީން އއ.ތޮއްޑޫގައި އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ތޮއްޑޫއާއެކު ޤާއިމްކުރުމުގެ އެއްބަސްވުމުގެ ދަށުން އެރަށުގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތަޢާރަފްކުރުމަށްވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތަޢާރަފް ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެކަން ސާބިތުކޮށްދިނުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗް.ޑީސީން
އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއްގާއިމުކޮށް ސްމާޓް ސިޓީއެއްގެ ބިންގާވަނީ ހުޅުމާލޭގައިވަނީ އަޅާފައެވެ. އަދި މި މަސައްކަތަށް ޚާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް ، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް އަންނަނީ ތައާރަފު ކުރަމުންނެވެ. މި ކަންކަމުގައި އެޗް.ޑީ.ސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމެވެ.