ޚަބަރު

ގެއްލިގެން ހޯދި ނިޒާމް މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފި


ގެއްލިގެން ހޯދަމުންދިޔަ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ތުހުމަތުކުރެވޭ މަރުގެ މައްސަލައެއްގައިކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ގެސްޓް ހައުސްއެއްގައި ހުއްޓާކަމަށްވެސް ފުލުހުން ބުނެއެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ.