ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ


މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ގެއްލިގެން ހޯދަމުންދަނީ ލ.މާވަށު، ކުންނާރުމާގޭ، ޢުމުރުން 32 އަހަރުގެ، މޫސާ އަނީސްކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ އެންމެފަހުން ފެނިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއް ޢާއިލާއަށް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ގެއްލިފައިވާކަމަށް ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވީ އަންގާރަ ދުވަހު ހަވީރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ގެއްލިގެން ހޯދަމުންދާ މޫސާ އަނީސް ހޯދުމުގައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އަދި މިމީހާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މިމަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.