ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ގއ.ދާންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ މި ދަތުރުފުޅުގައި މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިމިފައިވުމުން، ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ގއ. ދާންދޫއަށެވެ. ދާންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
President @ibusolih arrived on Dhaandhoo Island in the Gaafu Alifu Atoll, the first of three stops on his tour of the atoll. In Dhaandhoo, the President will attend a function to mark the completion of the island’s land reclamation project. pic.twitter.com/grCfvZiJcs
— The President's Office (@presidencymv) December 23, 2022
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، މިިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމްއާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދާންްދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް ހާއްސަ ޖަލްސާއެއް ދާންދޫގައި މިރޭ ބާއްވާނެއެވެ.