ކުޅިވަރު

ވޮލީއާއި ބާސްކެޓުން އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި


ހަވީރުން ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ
ކުޅުންތެރިޔާއާއި، ބާސްކެޓް ކުޅުންތެރިޔާއަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިންވެސް ހަވީރުން އިޢްލާން ކޮށްފިއެެވެ. އެވޯޑްތަކަށް ވާދަކުރާ ކުޅޫންތެރިން ހަވީރުން އިއުލާންކުރީ މީޑިއާ ޕާރޓްނަރ ޕީއެސްއެމްގެ ޓީވީއެމްއިން ރޭ ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައެވެ. އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ
މިދިޔަ ތިން އަހަރު މި އެވޯޑް ހޯދި އިސްމާއިލް ސާޖިދުއާއި، އަހުމަދު އަބުދުލް
ކަރީމްއާއި، މުހައްމަދު ޝާއިންއާއި، އިޝާން މުހައްމަދުގެ އިތުރުން އަލީ ހުޒާމްއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ހުސެން ވިޝާމްއާއި، އާދަމް
ފައިރޫޒްގެ އިތުރުން ހަސަން ނިލާމްއެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ
ކުޅުންތެރިޔާއަށް ވާދަކުރަނީ އެންމެ ފަހުން އެވޯޑް ހޯދި ހައްވާ ރާޝިދާއާއި، އައިޝަތު
ޝައްފައާއި، އައިޝަތު މާޖިދާއާއި، އައިމިނަތު އަރީޝާއާއި، ފާތިމަތު ތަހޫރާއެވެ. 21 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާއަށް ވާދަކުރަނީ ފާތުމަތު ޖޫޒަންއާއި، ހައްވާ ޝަހާ އަދި
ފާތިމަތު ޝަނީޒާއެވެ. އެންމެ މޮޅު ފިރިހެން ބާސްކެޓް ކުޅުންތެރިޔާއަށް ވާދަކުރަނީ
އެންމެ ފަހުން އެވޯޑް ހޯދި އަހުމަދު ޒަބީރުއާއި، މުހައްމަދު ޒިލާލްއާއި، އަހުމަދު
އައުޝަންއާއި، އަހުމަދު އިފްސާހު އަދި އިބްރާހިމް ރަޝްވާންއެވެ. އަންހެން އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާއަށް ވާދަކުރަނީ އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ، އައިމިނަތު
އިސްރާއު، ހުސްނާ މުހައްމަދު އަދި ރައިފާ އިބްރާހިމްއެވެ. ހަވީރު ސްޕޯޓްސް އެވޯޑްގެ
މީޑިޔާ ޕާރޓްނަރަކީ ޕީއެސްއެމްއެވެ.