ޚަބަރު

އިންސްޕަޔަރޑް ކަނެންޝަންގެ ނަމުގައި ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު ފަރުމާކުރެވިގެން ނެރެފި


އިންސްޕަޔާޑް ކަނެކްޝަންގެ ނަމުގައި ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.

އިއްޔެ ދިރާގުގެ ހެޑްއޮފީހުގަ ބޭއްވި މި ހަފްލާގައި ކަލަންޑަރު ނެރެދެއްވީ، ދިރާގުގެ ޑައިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަންއެވެ.

2023 ގެ ދިރާގު ކަލަންޑަރުން ދައްކުވައިދެނީ ތަފާތު 12 ހުނަރުވެރިންގެ ވާހަކަތަކެވެ. މި ކަލަންޑަރުގަ އަތްތެރިކަމުގެ މަސައްކަތް ކުރާ މީހުންނާއި ސަގާފީ ކުޅިވަރާއި މިއުޒިކާއި އަދި ލިޔުންތެރިން ހިމެނެއެވެ. މީގެއިތުރުން ތިމާވެށީގެ ދާއިރާގެ މަސައްކަތްކުރާ މީހުންގެ ހުނަރުވެރިންނާއި ދިވެހި ބަހުގެ ބަޔަކާއި ފުލޯކު ވާހަކައިގެ ބައެއްވެސް ހިމެނިފައިވެއެވެ.

ޑައިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަން މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ އުންމީދަކީ، 2023 ގެ ކަލަންޑަރުގެ ޒަރިއްޔާއިން އޭގައި ހިމެނޭ 12 ފަންނާނުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައްވެސް އީޖާދީ ކަންތައްތަައް ހާސިލް ކުރުމަށާއި އައު ގުޅުންތައް ގާއިމު ކުރުމަށް ދިރާގުގެ 2023 ގެ ކަލަންޑަރުން ހިތްވަރެއް ލިބިގެން ދާނެކަމަށެވެ.

މި އަހަރުގެ ދިރާގު ކަލަންޑަރުގެ ތަފާތަކީ، ސްނެޕްޗެޓްގެ އެންފެ ފަހުގެ ވާރޝަން ބޭނުންފުޅުކުރައްވާ ބޭފުޅުންނަށް އެކި ހުނަރުވެރިންނާއި ފަސޭހަކޮށް ގުޅުވާލަދެވިފައިވާކަމެވެ. މިކަލަންޑަރުގެ ފުރަތަމަ 3 މަސް ހާއްސަ ކުރެވިފައިވަނީ ތިމާވެއްޓަށެވެ. އޭގެފަހުގެ 3 މަސް ހާއްސަ ކޮށްފައިވަަނީ ދިވެހި ބަހަށެވެ. އަދި އަހަރުގެ ފަހު ހަމަސް ބަހާލެވިފައިވަނީ އަތްތެރި މަސައްކަތަށާއި މިއުޒިކަށެވެ.

ސްނެޕްޗެޓްގެ ފަހުގެ ވާޝަން ގެންގުޅުއްވާ ބޭފުޅުންނަށް، ކަލަންޑަރުގެ ކަނާއަތު ފަޅީގައި އިން ސްނެޕްޗެޓް އައިޑީ ސްކޭންކޮށްލުމުން އެ އައިޑީގައި އިން މީހެއްގެ ހުރި ހުނަރު ފެންނާނެއެވެ. މީގެ މަގްސަދަކީ ތަފާތުފަންނުތައް އެއްތަނަކުން ފެނިގެން ދިއުމެވެ.

މި އަހަރުގެ ދިރާގު ކަލަންޑަރު ހާއްސަ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް 50 އަހަރު ފުރުމާއި ގުޅިގެން އެ ދާއިރާއަށެވެ.