ޚަބަރު

އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރަނީ


އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމަށް ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ގުޅިގެން ތަކެތީގެ އަގު އުފުލި ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް އެ ހޮސްޕިޓަލުން ދޭ ޚިދުމަތުގެ އަގުތައް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އޭޑީކޭއިން ބުނީ އަގުތަކަށް ގެންނަ ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބައި ބަޔަށް ބަހާލައިގެން ކަމަށެވެ. އަދި އަގުތަކަށް އައި ބަދަލުތައް އެ ހޮސްޕިޓަލުގެ ކައުންޓަރުން ލިބޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭ ހޮސްޕިޓަލަކީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ޕްރައިވެޓް ހޮސްޕިޓަލެކެވެ.