ކުޅިވަރު

އެއިޓް ބޯލް ބިލިޔަޑް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން ދުންޔާޒްއަށް


އޯޕަން އެއިޓް ބޯލް ބިލިޔަޑް
ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން މުހައްމަދު ދުންޔާޒް ހޯދައިފިއެވެ.

 މުހައްމަދު
ދުންޔާޒް މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް
މެޗްގައި އަހުސަން ހާޝިމްއާއި، ވާދަކޮށް ފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ. ދުންޔާޒް
މެޗު ކާމިޔާބުކުރީ އެގާރަ ފްރޭމް ހަ ފްރޭމުންނެވެ. ދުންޔާޒްއަކީ އެންމެ ފަހުން ބޭއްވި
ޤައުމީ ޓެންބޯލް މުބާރާތުގެ ރަނަރަޕްއެވެ. 



މިދެ ކުޅުންތެރިންގެ ތެރެއިން ދުންޔާޒް ފައިނަލަށް
ދަތުރުކުރީ ސެމީފައިނަލްގައި އަހުމަދު ޒިޔާންގެ މައްޗަށް ނުވަ ފްރޭމް ތިން
ފްރޭމުން ކުރި ހޯދައިގެންނެވެ. އަހުސަން ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޤައުމީ
ޓެންބޯލް މުބާރާތުގެ ޗެމްޕިއަން މުހައްމަދު ޝަރީފްގެ މައްޗަށް ނުވަ ފްރޭމް ހަތް
ފްރޭމުން ކުރި ހޯދައިގެންނެވެ.