ޚަބަރު

ބީއެމްއެލްގެ ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފި


ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި 'ސްމޯލް ގްރާންޓް' ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތަޢާރަފް ކުރި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވުނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްޤީއާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ، މުޖުތަމަޢަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ. މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެއެވެ.

ސްމޯލް ގްރާންޓަށް ހޮވުނު 8 ޖަމިއްޔާ:

- މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް، އެމްއޯޕީއޭ
- ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް، ހެޓް
- ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް، ވީއޭއެފްޑީ
- ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް، ކުރެވި
- ވިމެން އިން ފުވައްމުލައް
- ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
- ހުވަދޫ އެއިޑް
- ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ، ކިޑްސް

މިސްމޯލް ގްރާންޓް އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމަޢުއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބީއެމްއެލްއިން ޤަބޫލުކުރެއެވެ.