ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ


އާއިލާއަށް ގެއްލިގެން ހޯދަމުންދިޔަ ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނާ ފެނިއްޖެއެވެ.


ހދ. ނޮޅިވަރަންފަރަށް ނޫރަންވިލާ ހުސައިން އާލިމް (31 އަހަރު) ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:45 ގައެވެ. ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާކަމަށެވެ.


އެނާ ހޯދުމުގެ މަސައްކަތް އޭރުން ފެށިގެން ފުލުހުން ކުރިއަށްގެންދިޔައިރު، ފުލުހުން ވިދާޅުވީ މިރޭ 9:35 ހާއިރު އެނާ ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ..