ޚަބަރު

ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތްކުރަން ހަވާލުކޮށްފި


ށ.ގޮއިދޫ ސްކޫލަށް ޖާގައިތުރުމަށް 8 ކްލާސްރޫމް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

މިއީ ސަރުކާރުގެ 2021ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ހިމަނާފައިވާ މަސައްކަތެކެވެ. ގޮއިދޫ ސްކޫލްގައި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 12މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ މުއްދަތެކެވެ.

ރަށްރަށުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ސްކޫލްތަކުގައި ކްލާސްރޫމްތައް އިތުރުކުރުމާއި މަލްޓިޕަރލަސް ހޯލް ހެދުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.