ޚަބަރު

ޕަންކަޖް ދެކުނު ފިލްމުތައް ދޫކޮށްލަނީ ރަނގަޅަށް ނުކުޅެވިދާނެތީ


ބޮލީވުޑް ތަރި ޕަންކަޖް ޓްރިޕާތީއަކީ މިވަގުތު ބޮލީވުޑްގައި ތިބި މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އުމުރުން 46 އަހަރުގެ ޕަންކަޖް މަޝްހޫރުވެފައިވަނީ ކޮންމެ ކަހަލަ ރޯލެއް ވެސް ފަސޭހަ ކަމާއިއެކު ކުޅެލާ އެކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް ބޮލީވުޑް ފިލްމުތަކުގެ އިތުރުން ޕަންކަޖް ދުވަހަކުވެސް ދެކުނު ފިލްމެއް ނުކުޅެއެވެ. ދެކުނު ފިލްމުތައް ނުކުޅޭ ސަބަބާއި ބެހޭގޮތުން އޭނާ ވަނީ ދާދިފަހުން ވާހަކަ ދައްކާފައެވެ.

ގޯއާގައި ބޭއްވި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގައި ވާހަކަ ދައްކަމުން ޕަންކަޖް ބުނިގޮތުގައި އޭނާ ވަނީ ދެކުނުގެ އެތައް ހުށަހެޅުންތަކަކަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނީ ބަހަކީ އަހަންނަށް ހުރަހެއް ނޫން ނަމަވެސް ހިންދީ ސިނަމާއަށް އިސްކަންދޭ ކަމަށެވެ. އަދި ހިންދީ ބަހުން ވާހަކަ ދައްކާއިރު ބަސް ރަނގަޅަ އެނގި އޭގެ އިހްސާސްތައްވެސް މާރަނގަޅަށް އެނގޭ ކަމަށް ޕަންކަޖް ބުންޏެވެ.

ހިންދީ ބަސް ރަނގަޅަށް އެގޭތީ އެނާ ނަގާ ޝޮޓްތައްވެސް މާ ރަނގަޅަށް ނެގޭ ކަމަށް ޕަންކަޖް ބުންޏެވެ. "ހޮލީވުޑް ހަނދާން ނައްތާލާ، އަހަންނަށް ޓެލެގޫ އަދި މާލޭ ފިލްމު އުފައްދާ ފަރާތްތަކުގެ އޮފާ ލިބޭ ނަމަވެސް އަހަރެންނަށް ހީވަނީ އެ ފިލްމުތަކަށް ރަގަޅަށް ނުކުޅެވިދާނެހެން" ފިލްމު "މިމީ" އެކްޓަރު ބުންޏެވެ.

ޕަންކަޖް ދެން އެންމެ އަވަހަށް ފެންނާނީ އަކްޝޭ ކުމާރާއެކު ފެންނަ ފިލްމު "އޯ މައި ގޯޑް 2" އިންނެވެ. ވެބް ސީރީޒް "ގުލްކަންދާ ޓޭލްސް" އަކީވެސް ޕަންކްޖް ސޮއިކޮށްފައިވާ ފިލްމެކެވެ.