ކުޅިވަރު

7 ގަޑިއިރާއި 30 މިނިޓްގެ ދަތުރަކަށްފަހު ގައްބެ ކުޑަހުވަދޫގައި


7 ގަޑިއިރާއި 30 މިނިޓްގެ ދަތުރަކަށްފަހު
އަބުދުލްޣަފޫރު އަލީ، ގައްބެ ކުޑަހުވަދޫއަށް ހިނގައްޖެއެވެ. ރިޔަލު ކަނދެއްގައި ރާއްޖެ
ވަށާ ބުރު ޖެހުމުގެ ދަތުރު ފުރިހަމަކުރަމުންދާ ގައްބެ ކުޑަހުވަދުއަށް ލެފީ މިއަދު
ހަވީރު 5:15 ގައެވެ. ކޮޅިގަނޑެއްގެ ސަބަބުން ގައްބެގެ ދަތުރު އުއްމީދުކުރިވަރަށްވުރެ
ދިގުވެގެންދިޔަކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ
ކޮޅިގަނޑެއް ފެންނަން އޮތުމުން ކުޑަހުވަދޫއަށް ދިޔަ މަގުމަތީގައި ޕިކްނިކް
އައިލެންޑެއްގައި މަޑުކުރިކަމަށެވެ. ގައްބެ ކުޑަހުވަދޫއަށް ދިޔައީ ތ.ހިރިލަންދޫން ފުރައިގެންނެވެ. ކުޑަހުވަދޫންވެސް ޘަޤާފީ ހަރަކާތަކާއި، ޤައުމީ ދިދަޔާއެކު ގައްބެއަށް
ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިދަތުރުގައި މިރޭ ކުޑަހުވަދޫގައި
މަޑުކުރުމަށްފަހު މާދަމާ ގައްބެ ދަތުރުކުރާނީ ފ.ފީއައްޔަށެވެ. މިއީ ވިޒިޓް
މޯލްޑިވްސް 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ
ހަރަކާތުގައި ހިމެނޭ އިވެންޓެކެވެ. އެޓޯލް ސެއިލަރއިން އިންތިޒާމްކުރާ މިދަތުރު
ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެންނެވެ.