ވިޔަފާރި

ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ތ.ކަނޑޫދޫއަށް


ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށް ތ.ކަނޑޫދޫގައި އިފްތިތާހްކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަނޑޫދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާއި އެއްކޮށްކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ރައުޓަރެއް ވެސް ހިލޭ ލިބޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 100 ރަށެއް ހިމެނެއެވެ.

މި އޮފަރ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްއާއި (ޑީކޯޑަރ)ވެސް މުޅިން ހިލޭ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.