ކުޅިވަރު

ބަޔާން މިޔުނިކް ޖަރުމަން ލީގުގެ އެއްވަނާގައި ހަމަޖެހިލައިފި


ލެވަންޑޮސްކީގެ ދެ ގޯލުން އޮއުގްސްބާރގް މައްޗަށް
ކުރި ހޯދާ ޖަރުމަން ބުންޑަސްލީގު ތާވަލްގެ އެއްވަނާގައި ބަޔާން މިޔުނިކުން އަށް
ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.



ރޭ
އޮއުގްސްބާރގްގެ ދަނޑުގައި ކުޅުނު މެޗް ބަޔާން މިޔުނިކް ކާމިޔާބުކުރީ ތިން ލަނޑު
އެއް ލަނޑުންނެވެ. މެޗްގައި ބަޔާން މިޔުނިކްގެ ދެ ލަނޑު ރޮބާރޓް   ލެވަންޑޮސްކީ ކާމިޔާބުކޮށްދިންއިރު އަނެއް
ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާރއެވެ. އޮއުގްސްބާރްގްގެ ހަމައެކަނި ލަނޑު
ކާމިޔާބުކޮށްދިނީ ބޮބަޑިއްލާއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބަޔާން މިޔުނިކް
ތާވަލްގެ އެއްވަނާގައި އޮތީ ފަންސާސް ހަ ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި
އޮއުގްސްބާރގް އޮތީ ތާވަލްގެ ސާދަވަނާގައި އެކާވީސް ޕޮއިންޓާއެކުއެވެ.