ކުޅިވަރު

ގޭމްސްގެ ހޭންޑްބޯޅަ ދެ ފައިނަލްގެ ޖޫރީއަކަށްވެސް ރިލްވާން


ސައުތްއޭޝިއަން ގޭމްސްގައި ހޭންޑްބޯޅަ މުބާރާތުގެ ދެޑިވިޝަންގެވެސް ފައިނަލް މެޗުގެ ޖޫރީއަކަށް ރާއްޖޭގެ ރިލްވާން އާދަމް ހަމަޖައްސައިފިއެވެ. ދެމެޗުގެވެސް ޖޫރީ ނުވަތަ މެޗު ކޮމިޝަނަރަކަށް ހަމަޖެއްސި ރިލްވާން އާދަމަކީ ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރެފްރީޒް ކޮމިޝަންގެ ރައީސްއެވެ. މިއީ ރާއްޖޭގެ ހޭންޑްބޯޅަ ރެފްރީއަކަށް ޞަރަހައްދީ އަދި ބައިނަލްއަޤްވާމީ ފައިނަލެއްގެ ޖޫރީކަން ލިބުނު ފުރަތަމަ ފަހަރެވެ. ހޭންޑްބޯޅަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.ގޭމްސްގައި ވާދަކުރި ރާއްޖޭގެ ހޭންޑްބޯޅަ ޓީމް ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުކޮށްފައެވެ. ރާއްޖޭގެ ހޭންޑްބޯޅަ ޓީމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކުރިއެރުންތަކެއް ހޯދާފައެވެ.