ކުޅިވަރު

ގައްބެ އަނެއްކާވެސް ހުވަދު ކަނޑަށް


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމަށް ފަށާފައިވާ
ދަތުރުގައި އަބުދުލްޣަފޫރު އަލީ، ގައްބެ އަނެއްކާވެސް ހުވަދު ކަނޑު ހުރަސްކުރަން ނިކުމެއްޖެއެވެ. ދެކުނުގެ އަތޮޅުތައް ނިންމާލުމަށްފަހު އުތުރަށް ދިއުމަށް ފަށާފައިވާ ދަތުރުގައި
ގައްބެ އަދި ދަތުރުކުރަމުން ދަނީ ދެކުނުގެ އަތޮޅުތަކުގައެވެ. އެގޮތުން ރޭ
ކޮލަމާފުށީގައި މަޑުކުރުމަށްފަހު މިއަދު ހެނދުނު ހަތްގަޑި ސާޅީސްފަހެއް ހާއިރު
ލ.އަތޮޅަށް ވަނީ ދަތުރު ފަށާފައެވެ. ގައްބެ ދަތުރުކުރަމުންދަނީ ލ.އަތޮޅު މާވަށަށެވެ. ދަތުރު ފަށައިގެން ދެކުނަށް އައިއިރު ގައްބެ ހުވަދު ކަނޑު ހުރަސްކުރީ ދިހަ
ގަޑިއިރުންނެވެ. މިދަތުރުގައި ގައްބެއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީވެސް ހުވަދު
ކަނޑު ހުރަސްކުރުމެވެ. ނަމަވެސް މިހާރު އެކަނޑު އެއްފަހަރު ހުރަސްކުރެވިފައިވާތީ
އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ކުރިން ގައްބެ ވަނީ ބުނެފައެވެ. މިދަތުރަކީ ވިޒިޓް
މޯލްޑިވްސް 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ
ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. މިއީ އެޓޯލް ސެއިލައި އިން
އިންތިޒާމްކޮށް، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ދަތުރެކެވެ.ކޮންމެ ރަށަކުންވެސް ގައްބެއަށް ލިބެމުންދަނީ ވަރަށް ބޮޑު ސަޕޯޓަކާއި، ހޫނު މަރުހަބާއެކެވެ.