ދުނިޔެ

އަފްޣާނިސްތާނު ހަނގުރާމައިގައި 3500 އަށްވުރެ ގިނަމީހުން މަރުވި


އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގައި 2015 ވަނަ އަހަރު 3,500 އަށްވުރެ ގިނަމީހުން މަރުވެ، 4,400 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް އދ. ން ބުނެފިއެވެ.އަފްޣާން ހަނގުރާމައާ ބެހޭގޮތުން އދ. ން ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައިވަނީ އަފްޣާނިސްތާނަށް އެރި ބޭރުގެ ބާރުތަކުގެ ބޮޑުބައި 2014 ވަނަ އަހަރު ފައިބައިގެން ގޮސްފައިވީނަމަވެސް އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް މައިތިރި ކަމެއް ނާންނަކަމަށާއި އަދި ދާޚިލީ ހަނގުރާމައަށްވެސް ނިމުމެއް ނާންނަކަމަށެވެ.އަފްޣާނިސްތާނުން ފެންނަނީ ހަނގުރާމައިގެ ޙަރަކާތްތައް އިތުރުވާ މަންޒަރު ކަމަށްވެސް އދ. ގެ ރިޕޯޓް ބުނެއެވެ. އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ތާލިބާން ޖަމާޢަތް ކަމަށްވާއިރު އެޖަމާޢަތުގެ އަމާޒަކީ އެޤައުމުގެ ވެރިކަން އަލުން ހޯދުމެވެ.