ޚަބަރު

ޓޭލާގެ "މިޑްނައިޓްސް" ރެކޯޑުތައް މުގުރަނީ


ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް "މިޑްނައިޓްސް" އަށް 4 ރެކޯޑެއް ލިބިއްޖެއެވެ.

ޓޭލާގެ މި އަލްބަމްގެ އެއް ރެކޯޑަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ހަފްތާއަކުން ތެރޭގައި މިލިއަން ޔުނިޓް ރެޖިސްޓްރީ ކުރި ފުރަތަމަ އަލްބަމަށްވުމެވެ. މި ރެކޯޑު އެންމެ ފަހުންވެސް އޮތީ ޓޭލާ އެވެ. އެއީ އޭނާގެ "ރެޕިއުޓޭޝަން" އަލްބަމެވެ.

މިހާރު އުމުރުން 32 އަހަރު ގެ ފަންނާނު މި މަހުގެ 21 ގައި ނެރުނު އަލްބަމަށް ލިބުނު އަނެއް ރެކޯޑަކީ ނެރުނުތާ 24 ގަޑިއިރު ތެރޭގައި ސްޕޮޓިފައިގައި އެންމެ ގިނައިން ސްޓްރީމްކުރުމުގެ ރެކޯޑެވެ. އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ސްޓްރީމް ކުރި އަލްބަމްގެ ރެކޯޑްވެސް "މިޑްނައިޓްސް" ވަނީ މުގުރާލާފައެވެ. މީގެއިތުރުން ސްޕޮޓިފައިގައި 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ސްޓްރީމިން ހަރަކާތްރައް ހިނގި އަލްބަމްގެ ރެކޯޑުވެސް ހޯދާފައި ވަނީ މި އަލްބަމެވެ.

ޓޭލާގެ އާ އަލްބަމް ހޯދި މި ރެކޯޑްތަކަކީ ކުރިން އެ ރެކޯޑްތައް އޮތް ކެނެޑާގެ މަޝްހޫރު ރެޕާ ޑްރޭކް، 36، ގެ ރެކޯޑްތައް މުގުރާލުމަށް ފަހު ކަށަވަރުކުރި ރެކޯޑްތަކެވެ. ޓޭލާ މުގުރާލި ރެކޯޑްތައް ޑްރޭކްގެ އަތުގައި ކުރިން އޮތީ އޭނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 3 ގައި ނެރުނު އަލްބަމް "ސަޓިފައިޑް ލަވަ ބޯއި" އާ އެކީގަ އެވެ. އެ އަލްބަމް ސްޕޮޓިފައި އޮތް ދޫކުރިތާ 24 ގަޑިއިރުގެ ތެރޭގައި 153.4 މިލިއަން ފަހަރު ސްޓްރީމްކޮށްފައިވެއެވެ.

ޓޭލާ އަކީ ކުރިން ވެސް މިއުޒިކުން ރެކޯޑްތަކެއް ހަދާފައިވާ ލަވަކިޔުންތެރިއެކެވެ.

މިޑްނައިޓްސް" ގެ ޓްރެކް ލިސްޓްގައި ހިމެނޭ ލަވަތަކީ އެންޓި-ހީރޯގެ އިތުރުން ލެވެންޑާ ހޭޒް، މެރޫން، ސްނޯ އޮން ދަ ބީޗް، ޔޫ އާ ޔޯ އިން ކިޑް، މިޑްނައިޓް ރެއިން، ކްއިސްޝަން، ވިޖިލަންޓް ޝިޓް، ބިޖިވިލްޑް، ލެބިރީންތު، ކަރްމާ، ސްވީޓް ނަތިން އަދި މާސްޓަމައިންޑެވެ.

"މިޑްނައިޓްސް" ގެ ލަވަތައް ޓޭލާ ސިފަކޮށްފައި ވަނީ އޭނަގެ ހަޔާތުން "ނިދި ނަގާލި 13 ރެއެއްގެ ވާހަކަ" ގެ ގޮތުގައެވެ. މިހާތަނަށް 11 ގްރެމީ އެވޯޑްސްގެ އިތުރުން މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ 32 އަހަރުގެ ލަވަކިޔުންތެރިޔާ 2020 ގައި "އެވަމޯ" އާއި "ފޯކްލޯ" ގެ ނަމުގައި ވެސް އަލްބަމެއް ނެރުނެވެ.