މިދިޔަ ސެޕްޓެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް 219 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 29 މައްސަލައިގެ ދަށްވުމެކެވެ. އެ މަހު ޖެންޑަރއަށް ހުށައަޅާފައިވަނީ 248 މައްސަލައެވެ.
މިނިސްޓްރީ އޮފް ގެންޑަރ، ފެމިލީ އެންޑް ސޯސަލް ސާރވިސަސްއަށް އެންމެ ގިނައިން ރިޕޯޓްކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ މަހު އެފަދަ 92 މައްސަލަ ހުށައަޅާފައިވެއެވެ. ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އިހުމާލުވުމުގެ މައްސަލައާއި، ޖިންސީ ހާނިއްކައިގެ މައްސަލަތަކާއި، ޖިސްމާނީ ހާނިއްކައިގެ މައްސަލަ ހިމެނެއެވެ. މިިއިން ކޮންމެ ދާއިރާއެއްގެ 19 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގައި ދެން ހިމެނެނީ ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ 2 މައްސަލައެވެ.
Case Statistics: Ministry received and attended to a total of 219 cases in September 2022
— Ministry of Gender, Family and Social Services (@MoGFSSmv) October 25, 2022
Website Link: https://t.co/ydqXvR91gG#ViolenceAgainstChildren #ChildRights #GenderBasedViolence #GBV#DomesticViolence pic.twitter.com/QM0TFy6nXY
ދެން އެންމެ ގިނައީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ ސެޕްޓެންބަރު މަހު ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 19 މައްސަލަތަކެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި މިދިޔަ މަހު 30 މައްސަލަ ހުށައަޅާފައިވެއެވެ. އެގެތެރޭގައި ކުދިން ބެލުމާއި ހަޞާނާތާ ގުޅޭ މައްސަލަތައް ހިމެނެއެވެ. އަމިއްލަ ނަފްސަށް ގެންލުންދިނުމުގެ 19 މައްސަލައެއް ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ ސެޕްޓެންބަރު މަހު ހުށައެޅިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު އަޚްލާޤާ ގުޅުންހުރި 13 މައްސަލައާއި، ޙައްގުތަކުން ކުޑަކުދިން މަޙްރޫމްކުރުމުގެ 5 މައްސަލައާއި، ކުށުގެ ވެއްޓަށް ހުށައެޅިދާނެފަދަ އަމަލެއްގެ ގޮތުގައި 1 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ މަހުގެ ޖެންޑަރގެ ތަފާސް ހިސާބުތައް ދެއްކި ގޮތުގައި، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި 2 ކުއްޖަކަށް ޤާނޫނީގޮތުން ބެލެނިވެރިކަން ހަމަޖައްސާ ވަނީ ފޯސްޓަރކޮށްފައެވެ. އަދި 3 ކުއްޖަކާ އާއިލާއިން ހަވާލުވެފައިވެއެވެ. މިވަގުތު ދަޢުލަތުގެ ބެލުމުގެ ދަށުންގައި ތިބީ 186 ކުދިންނެވެ.