ޚަބަރު

ގެއްލުނު ޒުވާނާ ފެނުނީ މޫދު އަޑިން، އިތުރު ފަރުވާދެނީ


އައްޑޫ ސިޓީ ހިތަދޫ ކައިރިން މަސްހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނި، އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ޢުމުރުން 24 އަހަރުގެ ސ.ތިތަދޫ، ފެހިވިނަ، ޠަލާލް އަޙްމަދުކަމަށެވެ. . އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓި ހިތަދޫއިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީއަކުން މަސް ހިފަން ފޭބި 2 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިފައިވާކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މެނދުރުކުރީ 11:32 ހާއިރުކަމަށެވެ.