ޚަބަރު

ޓޭލާ ސްވިފްޓްގެ "މިޑްނައިޓްސް" ނެރެފި


އެމެރިކާގެ މަޝްހޫރު ލަވަކިޔުންޔެރިޔާ ޓޭލާ ސްވިފްޓްގެ އައު އަލްބަމް "މިޑްނައިޓްސް" ނެރެފިއެވެ.

މިއީ އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާގެ 10 ވަނަ އަލްބަމެވެ. "މިޑްނައިޓްސް" ގައި ހިމެނެނީ 13 ޓްރެކެވެ. ލަވަތަކުގެ ލިސްޓް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޓޭލާ އާންމު ވެސް ކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނީ "އެންޓި-ހީރޯ" ގެ ވީޑިއޯ ވެސް މިހާރު ވަނީ ނެރެފަ އެވެ. އެ ލަވަ ޑައިރެކްޓްކުރީ ވެސް ޓޭލާއެވެ.

މިޑްނައިޓްސް" ގެ ޓްރެކް ލިސްޓްގައި ހިމެނޭ ލަވަތަކީ އެންޓި-ހީރޯގެ އިތުރުން ލެވެންޑާ ހޭޒް، މެރޫން، ސްނޯ އޮން ދަ ބީޗް، ޔޫ އާ ޔޯ އިން ކިޑް، މިޑްނައިޓް ރެއިން، ކްއިސްޝަން، ވިޖިލަންޓް ޝިޓް، ބިޖިވިލްޑް، ލެބިރީންތު، ކަރްމާ، ސްވީޓް ނަތިން އަދި މާސްޓަމައިންޑެވެ.


"މިޑްނައިޓްސް" ގެ ލަވަތައް ޓޭލާ ސިފަކޮށްފައި ވަނީ އޭނަގެ ހަޔާތުން "ނިދި ނަގާލި 13 ރެއެއްގެ ވާހަކަ" އިގެ ގޮތުގަ އެވެ. މިހާތަނަށް 11 ގްރެމީ އެވޯޑްސްގެ އިތުރުން މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ 32 އަހަރުގެ ލަވަކިޔުންތެރިޔާ 2020 ގައި "އެވަމޯ" އާއި "ފޯކްލޯ" ގެ ނަމުގައި ވެސް އަލްބަމެއް ނެރުނެވެ.

މަދުމަދުން ފިލްމުތަކުން ވެސް ފެންނަ ޓޭލާ މިދިޔަ އަހަރު އޭނާ ކުރިން ނެރުނު ދެ އަލްބަމެއްގެ އައު ވާޝަންތަކެއް ވެސް ނެރުނެވެ. އެއީ 2008 ގެ "ފިއަލެސް" އާއި 2012 ގެ "ރެޑް" ގެ އައު ވާޝަނެވެ.