ޚަބަރު

ޝުރުތީއަށް ހޮލީވުޑް ފިލްމު "ދި އައި"


އާންމުކޮށް ތެލުގޫ އަދި ތަމަޅަ ފިލްމުތައް ކުޅޭ އިންޑިއާގެ ބަތަލާ ޝުރުތީ ހަސަން އަށް ހޮލީވުޑް ޕްރޮޖެކްޓެއް ލިބިއްޖެއެވެ.

މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ "ދި އައި" އެވެ. ޝުރުތީއާއެކު މީގެ ފިރިހެން ލީޑް ރޯލުން ފެންނާނީ ޓީވީ ސީރީޒް "ދަ ލާސްޓް ކިންގްޑަމް" ގެ ރޯލަކުން ފެނުނު މާކް ރޯލީއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 2013 ވަނަ އަހަރު ދެއްކި ޑޮކިއުމަންޓްރީ ފީޗަރ "ޗިލްޑްރެން އޮފް ދަ ވިންޑް" ގެނެސްދިން ޑެފްނީ ޝްމަންއެވެ. އޭނާގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ މި ޑޮކިއުމެންޓްރީއަށް އޭނާއަށް ވަނީ ފިލްމު ފެސްޓިވަލްގެ 8 އެވޯޑު ލިބިފައެވެ. "ދަ ވެޒެލްސް" ކިޔާ ކުރު ފިލްމެއް ވެސް ޑެފްނީ ވަނީ މިއަހަރު ގެނެސްދިނެވެ.

ހޮލީވުޑްގެ ފީޗަރ ފިލްމަކުން ފުރުސަތު ލިބުނު އިރު 2019 ވަނަ އަހަރު ދެއްކި ހޮލީވުޑްގެ ސީރީޒް "ޓްރެޑްސްޓޯން" ގެ ރޯލެއް ވެސް ޝުރުތީ ވަނީ ކުޅެފައެވެ.

އުމުރުން މިހާރު 36 އަހަރުގެ ޝުރުތީ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި 2009 ވަނަ އަހަރު ދެއްކި "ލަކް" އާއި 2013 ވަނަ އަހަރު ދެއްކި "ޑީ-ޑޭ" އާއި އެ އަހަރުގެ "ރަމާ ވަސްތަވާޔާ" އަދި 2015 ވަނަ އަހަރު ދެއްކި "ވެލްކަމް ބެކް" ހިމެނެއެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޕަވާ" އެވެ.