ޚަބަރު

"ބޭދިޔާ" ގެ ވިޝުއަލް އިފެކްޓްސް ހެދީ ހޮލީވުޑް ކުންފުންޏަކުން


ބޮލީވުޑް އެކްޓަރު ވަރުން ދަވަން ތަފާތު ރޯލަކުން ފެންނަ ފިލްމު "ބޭދިޔާ" ޓްރެއިލާ މިމަހުގެ 19 ގައި އާންމުކޮށްފައިވާއިރު، ޓްރެއިލާ ދޫކޮށްލާފައި މިވަނީ ފިލްމީ ހަޔާތަށް 10 އަހަރު ފުރޭ މުނާސަބާއާއި ގުޅުވައިގެންނެވެ.

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑްރޯލުން ފެންނާނީ ވަރުންގެ އިތުރުން ކްރިތީ ސެނޮންއެވެ. މި ކްރީޗާ ކޮމެޑީ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަމަރް އާއި ދިނޭޝް އަކީ 2018 ގެ ކާމިޔާބު ހޮރޯ ކޮމެޑީ "އިސްތިރީ" ވެސް ގެނެސްދިން ދެ މީހުންނެވެ.

އަންނަ މަހު 25 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެއެވެ. ވަރުންއާއި ކްރިތީގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެންނައިރު މީގައި ގިނަ އަދަދަކަށް ވިޝުއަލް އިފެކްޓްސްވެސް، ވީއެފްއެކްސްވެސް ހިމެނެއެވެ.


މި ފިލްމުގެ ވީއެފްއެކްސް ހަދަނީ ހޮލީވުޑް ކުންފުންނެއް ކަމަށްވާ މޫވިންގް ޕިކްޗާ ކޮމްޕެނީ، އެމްޕީސީ އިންނެވެ. އެއީ އޮސްކާ އެވޯޑަށް ނޮމިނޭޓްވި 2010 ގެ ފިލްމު "މޯންސްޓާސް" އާއި އެމީ އަށް ނޮމިނޭޓްވި ސީރީޒް "ވައިކިންސް" ގެ ވީއެފްއެކްސް ހެދި މިސްޓަ އެކްސް އެވެ. މި ކުންފުންޏަކީ ޓެކްނިކަލާ ކްރިއޭޓިވް ސްޓޫޑިއޯސްގެ ގޮތްޕެކެވެ.

އެމްޕީސީ އިން ވަނީ ހޮލީވުޑްގެ މަޝްހޫރު ފިލަމުތަކުގެ ވީއެފްއެކްސްވެސް ހަދާފައެވެ. އެގޮތުން "ދަ ޖަންގަލް ބުކް" "ޓޮޕް ގަން: މެވަރިކް"، "ދަ ލަޔަން ކިންގް"، އަދި "ގޯޑްޒިލާ ވްސް ކޮންގް" ހިޓް ފިލްމުތައް ހިމެނެއެވެ. މީގެއިތުރުން މި ފިލްމަކީ ވަރުންގެ ތިންވަނަ ތްރީ ޑީ ފިލްމެވެ.

ވަރުން ފިލްމީ ކެރިއަރު ފެށީ 2012 ވަނަ އަހަރު ރިލީޒްކުރި ހިޓް ޓީނޭޖް ޑްރާމާ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. ވަރުން އެންމެ ފަހުން ފެނުނީ ކިއަރާ އަދުވާނީ އާއިއެކު ފެނުނު ފިލްމު "ޖުގްޖުގްޖިޔޯ" އިންނެވެ. މީގެ އިތުރުން ދީޕަކް ދޮބްރިޔަލް އާއި އަބީޝެކް ބެނާޖީ ވެސް މުހިއްމު ރޯލުތަކުން ފެންނާނެއެވެ. ދެ ސްޓޫޑިއޯ ގުޅިގެން މި ޒަމާނަށް ފެތޭ ގޮތަށް "ޖަމާއީ ރާޖާ" ހަދަނީ ގްލޯބަލް އޯޑިއަންސަށް ވެސް އަމާޒުކޮށްގެންނެވެ.