ޚަބަރު

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޢާއިލީ ހަވީރަކާއި މިއުޒިކް ޝޯވއެއް


ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތް މިނިސްޓްރީން ޢާއިލީ ހަވީރަކާއި މިއުޒިކް ޝޯވްއެއް ބާއްވައިފިއެވެ. މި ހަރާކްތަތއް ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުއެވެ. މިއަހަރުވެސް ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތް މިނިސްޓްރީއިން ވަނީ އެކިއެކި ހަރަކާތްތައް އިންތިޒާމްކޮށްފައެވެ.

އެގޮތުން ހުކުރު ދުވަހު ހަވީރު ބޭއްވި އާއިލީ ހަވީރަކީ، ޒުވާނުންނާ އެމީހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުވެ އުފާވެރި މާޙުއުލެއްގައި ވަގުތު ހޭދަކޮށްލުމަށް ބޭއްވި ހަވީރެކެވެ. މި ހަވީރުގައި ކުޑަކުދިންނަށް ގިނަ ކުޅިވަރުތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

ޔޫޓް މިނިސްޓްރީގެ ސީނިއަރ ޔޫތް އޮފިސަރ އާމިނަތު ނާޒިމާ ވިދާޅުވި، މި ހަވީރުގެ އެންމެ ބޮޑު ބޭނުމަކީ އާއިލާތަކުގެ ގުޅުން ބަދަހިކުރުންކަމަށެވެ. މި ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާ، އާއިލާތަކުން ބައިވެރިވިއެވެ.

"15ވަރަކަށް އެކްޓިވިޓީ ހިމެނޭ. ގޭމްތަކާ، ކާރު ސައިކަލު ރޭސިން، ފޮޓޯ ބޫތް، ފޭސް ޕެއިންޓިން، ޝަމަން މެޖިކް ޝޯވ، އަދި ކުދިންގެ ހުނަރު ދައްކާލުމަށް ހުށައެޅުންތައް ހުށައެޅުމުގެ ފުރުޞަތުވެސް ދީފަވަނީ." ނާޒިމާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހަވީރުގެ އިތުރުން ޒުވާނުންގެ ދުވަހުގެ މިއުޒިކް ޝޯވވެސް ވަނީ ބާއްވާފައެވެ. މި ޝޯވްގައި ބޮޑުބެރުގެ ހަރަކާތްތަކާއި އެކިއެކި ފަންނާނުންގެ ހުށައެޅުންތައް ވަނީ ދައްކާލާފައެވެ.

ޒުވާނުންގެ ދުވަހުގެ އެންމެ މުހިންމު ހަރަކާތް، ޒުވާނުންގެ އެވޯޑް ދިނުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ، ސޯޝަލް ސެންޓަރުގައެވެ.