ޚަބަރު

ސިމީ ގަރޭވާލް އަށް 75 އަހަރު: އަދިވެސް ހުދު ކުލައިގައި


ބޮލީވުޑްގެ ކުރީގެ ބަތަލާ ސިމީ ގަރެވާލް އަށް 75 އަހަރު ފުރިއްޖެއެވެ. ކަޅާއި ހުދުގެ ފިލްމުތަކުގައި ފުރަތަމަ ފިލްމީ ކެރިއަރު ފެށި ސިމީގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދޯ ބަދާން"، "ސާތީ"، "މެރާ ނާމް ޖޯކަރް"، "ސިދާތާ"، "ކާރްޒް" އަދި "އުދީކާން" ހިމެނެއެވެ.

ސިމީ އުފަންވެފައި ވަނީ މުއްސަނދި އާއިލާއަކަށެވެ. އޭނާގެ ބައްޕައަކީ ސިފައިންގެ ބްރިގޭޑިއަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ސިމީއަކީ ބޮލީވުޑް ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއިވެސް ދުރުތާ ތިމާގެ މީހެކެވެ. އިނގިރޭސިވިލާތުގައި ބޮޑުވެ ސިމީ ވަނީ އިނގިރޭސި ވަރަށް ރަގަޅަށް ދަސްކޮށްފައެވެ.

އޭނާއަކީ ކްރިއޭޓިވް މީހެއްކަން ހަޔާތުގެ ވަރަށް ކުރީކޮޅު ސިމީއަށް އެނގުނެވެ. ސިމީގެ ކެރިއަރު ފެށީ އިނގިރޭސި ފިލްމު "ޓާޒާން ގޯސް ޓު އިންޑިއާ" އިންނެވެ. އެކްޓަރު ފީރޯޒް ޚާނާއެކު 1962 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ރަނގަޅު އާމްދަނީއެއް ލިބުނު ފިލްމެކެވެ. އޭގެ ފަހުން ސިމީ ވަނީ އެތައް ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އަދި 1960 ގެ އަހަރުތަކުން 1970 ގެ އަހަރުތަކަކަކީ ސިމީގެ ފިލްމީ ހަޔާތުގެ ރަން ޒަމާނެވެ.

އެކްޓިން ހުނަރުގެ އިތުރުން ސިމީ އެންމެ ޙާއްސަ ވަނީ އަބަދު ހުދު ކުލައިގެ ހެދުމުގައި އޭނާ ފެނުމެވެ. ކެރިއަރު ފެށުނީއްސުރެ ސިމީ އަބަދުވެސް ފެންނަނީ ހުދު ކުލައިގެ ހެދުން އަޅާތަނެވެ. ސިމީ އާއި ހުދު ކުލައަށް އޭނާ ކުރާ ލޯތްބެވެ. ނަމަވެސް ކެރިއަރުގައި ކުރިއަރަން ފެށުމާއެކު، ހުދުކުލައަށް އޭނާގެ ޝައުގުވެރިކަން (ފަހުން ލޯތްބަށް ބަދަލުވި) ގުޅުންހުރި ގޮތެއްގައި ފާހަގަކުރެވިދާނެއެވެ. 2018 ވަނަ އަހަރު ހެރްޒިންޑަގީ ޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި ސިމީ ގަރޭވާލް ވަނީ ހުދުކުލައަށް ލޯބިކުރާ ވާހަކަ ހާމަކޮށްފައެވެ.

2011 ވަނަ އަހަރު އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައިވެސް އޭނާ ފާހަގަކޮށްފައި ވާގޮތުގައި އޭނާ އަލަމާރީގައި ހުދު ކުލައިގެ ހެދުން އަބަދުވެސް ހުންނާނެއެވެ. އަދި އެހެން ކުލައެއްގެ ޑިޒައިންއެއްގެ ހެދުމެއް ގަޔާވެއްޖެނަމަ އެ ހެދުމެއް ގަންނަ ކަމަށާއި ނަމަވެސް އެ ހެދުންތަކެއް ނުލާ ކަމަށް ސިމީ ބުންޏެވެ. އެންމެ ކުޑައިރުއްސުރެ ގަޔާވަނީ ހުދު ކުލަޔަށް ކަމަށްވެސް ސިމީ ބުންޏެވެ.

ޝައްކެއްވެސްނެތްގޮތުގައި ސިމީ އަކީ އިންޑިއާގެ ހުނަރުވެރި އަންހެނުންގެ ތެރޭގައި ގުނާލެވޭނެ މީހެކެވެ. 1983 ވަނަ އަހަރު ދުރުދުރުޝާނަށް “އިޓްސް އަ ވުމެންސް ވޯލްޑް” ގެ ނަމުގައި ޓީވީ ސީރީޒެއް ހޯސްޓްކޮށް، ޕްރޮޑިއުސްކޮށް، ޑައިރެކްޓުވެސްކޮށްފައިވެއެވެ.