ޚަބަރު

ހ.އަންދަރަސްހަވާގައި ރޯވި އަލިފާން ނިއްވާލައިފި


ހ.އަންދަރަސްހަވާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 14:45 ހާއިރު ލިބުމުން އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުމުގެ މަަސައްކަތް ކޮށްފައެވެ. އަދި، ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 15:00 ހާއިރުއެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.