ޚަބަރު

އީކޮމާރސް ސައިޓްތަކުގައި ވިސާ ކާޑުތަކުން ކުރާ މުއާމަލާތް ވަގުތީގޮތުން މެދުކަނޑާލައިފި


އީކޮމާރސް ސައިޓްތަކުގައި ވިސާ ކާޑުތަކުން ކުރާ މުއާމަލާތްތަކުގައި ދަތިތަކެެއް ކުރިމަތިވެދާނެކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބެންކް އޮފް މޯލްޑިވްސްއިން ބުނީ ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލްއިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީވެ، ބީއެމްއެލްއިން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭން ބޭރުގެ ބައެއް އީކޮމާރސް މަރޗެންޓްގައި ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެކަމަށެވެ.

އެހެން ނަމަވެސް ކަސްޓަމަރުންނަށް، ރާއްޖޭން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި އަޕްގްރޭޑްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ހިދުމަތް އަލުން ފެށުމަށް ދަނީ މަސައްކަތްކުރަމުންކަމަށާއި އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.