އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ އަބަދުވެސް އެންމެ ބޮޑަށް ވާދަކުރާ ޓީމަކީ ލިވަޕޫލް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕެޕް މިކަން ހާމަކޮށްފައިވަނީ މާދަމާ ރޭ މި ދެޓީމްގެ މެދުގައި ލީގުގައި ބައްދަލުކުރާ މެޗްގެ ކުރިން ވާހަަކަ ދައްކަމުންނެވެ. ޕެޕް ހާމަކުރިގޮތުގައި ލިވަޕޫލް އަކީ ކޮންމެ ފަހަރެއްގައިވެސް ސިޓީ އާއި ލީގަށް އެންމެ ބޮޑަށް ވާދަކުރާ ޓީމް ކަމަށެވެ. އަދި މިވަގުތު ލިވަޕޫލް ލީގުގެ ތަންކޮޅެއް ފަހަތުގައި އޮތް ނަމަވެސް ލީގުގެ ބޮޑު ބައި ބާކީ އޮތުމާއި ވާރލްޑް ކަޕްވެސް މެދުތެރެއިން އަންނާތީ ކުރިއަށް އޮތްތަނުގައި ވާނެ ގޮތް މިވަގުތު ބުނަން ދަތި ކަމަށެވެ.
ނަމަވެސް ސީޒަން ނިމެން 10 މެޗަށް ވެފައިވި ނަމަ ދެން ލިވަޕޫލަށް އަރާ ހަމަ ނުކުރެވިދާނެކަމަށް ބުނެވުނީސް ކަމަށެވެ. ޕެޕް ހާމަކުރިގޮތުގައި ލިވަޕޫލް ފެންވަރަކީ އެއްވެސް ބަޔަކަށް އޮޅިފައޮތް ކަމެއް ނޫން ކަމަށާއި މީގެ ދެތިން މަސް ކުރިން ލިވަޕޫލުން ދިޔައީ އިނގިރޭސި ފުޓްބޯޅައިގާ ހަތަރު ތަށި ކާމިޔާބު ކުރުމަށް ވާދަކުރަމުން ކަމަށެވެ.
މިއީ ހަމަ އެޓީމް ކަމަށާއި ހުރީ އެއް ކޯޗެއް ކަމަށެވެ. މީގެއިތުރުން ޕެޕް ހާމަކުރިގޮތުގައި އޭނާ ޓީމެއް އެނަލައިޒް ކުރާއިރު ބަލަނީ އެޓީމެއް ރަނގަޅަށް ނުވަތަ ގޯސްކޮށް ކުޅޭ ވަގުތު ތަކަށް ނޫން ކަމަށާއި އެޓީމެއްގައި ތިބި ކުޅުންތެރިންނާއެކު އަބަދުވެސް ރަނގަޅު ފައިޓެއް ދޭނެކަމަށް ބަލައިގެން ކަމަށެވެ.
ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި މިއީ ލީގަށް ވާދަކުރާ ރޭހުގައި މުހިންމު މެޗަކަށް ވެގެންދާނެކަމަށް ގަބޫލް ކުރާ ކަމަށާއި ނަމަވެސް އެއީ އޭނާގެ ޓީމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ސިޓީއަށް ކަމަށެވެ.