ޚަބަރު

ވޯލްޑް ބެންކާއި އައިއެމްއެފްގެ ބައްދަލުވުމަކަށް ރައީސް ނަޝީދު އެމެރިކާއަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވޮޝިންގޓަނަށް ކުރައްވާ ދަތުރުފުޅަކީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އާއި ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބްލް ޤައުމުތަކުގެ މާލީ ވަޒީރުންގެ 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އައިއެމް އެފް އާއި ވޯލްޑް ބޭންކް އަދި ސީ.ވީއެފްގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ ނުވަތަ ވީ 20 ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ، މިސްޓަރ ކެނެތް އޮފޯރި-އަޓާ ވަނީ ޚާއްޞަ ދަޢުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވާފައެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ވެން އިޒް ނައު؟" ނުވަތަ "މިހާރަކީ ކޮންއިރަކު ހެއްޔެވެ؟"