މުނިފޫހިފިލުވުން

އިންސްޓަގްރާމް އެޕްގައި ގިނަ އައިޑީތަކެއް ބޭނުންކުރެވޭގޮތް ހަދަނީ


މަޝްހޫރު ސޯޝަލް މީޑިއާ ވެބްސައިޓް އިންސްޓަގްރާމްގެ މޯބައިލް އެޕްލިކޭޝަންގެ ތެރެއިން އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓް ބޭނުން ކުރެވޭ ގޮތަށް އިންސްޓަގްރާމްގެ ފަރުމާ ބަދަލުކުރާނެކަން އިންސްޓަގްރާމުން ހާމަކޮށްފިއެވެ.އިންސްޓަގްރާމުން މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގެ ބްލޮގް މެދުވެރިކޮށެވެ. އެ ބްލޮގްގައި ޝާޢިއުކުރި އާރޓިކަލް ބުނާގޮތުން އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރާ އިންސްޓަގްރާމްގެ އެޕް މެދުވެރިކޮށް އަންނަ ހަފްތާއިން ފެށިގެން ލޮގްއައުޓް ނުވެ އެއްފަހަރާ 5 އިންސްޓަގްރާމް އައިޑީ ބޭނުންކުރެވޭނެއެވެ.މަހެއްގެ މައްޗަށް އެވަރެޖްކޮށް 300 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ފޮޓޯ ޝެއަރ ކުރާ ސޯޝަލްމީޑިއާ ވެބްސައިޓް އިންސްޓަގްރާމް، ފޭސްބުކް ކުންފުނިން 9 އޭޕްރީލް 2012 ގައި ގަނެފައިވާއިރު، އެ ކުންފުނިން ދަނީ އިންސްޓަގްރާމްގެ މަޤުބޫލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.