ބ.ތުޅާދޫގެ ހުޅަނގު އުތުުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރުދެކުނަށެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މި ސަރަހައްދުން ދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއްދިނުމަށް ވެސް އެމްއެންޑީއެފުންވަނީ އެދިފައެވެ.