ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް އަންނަ ޖޫން މަހު ފަށަނީ


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް - އައިޔޫއެމްގެ މަތީ ތަޢުލީމުގެ ކޯސްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.އިސްލާމިކް ޔުނިވާސިޓީގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި މަތީ ތަޢުލީމުގެ ޚާއްޞަ ޕްރޮގްރާމުތަކެއް ފަށްޓަވާއިރު އިސްލާމީ ޢިލްމާއި ޤުރުއާނުގެ ޢިލްމާއި ޝަރީޢަތާއި ޤާނޫނުގެ މަތީ ތަޢުލީމުގެ ކޯސްތައް ފަށްޓަވާކަމަށް ޝަހީމް ވިދާޅުވިއެވެ.ރާއްޖޭގައި ހުރި އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީ ކުރެއްވުމަށް ގިނަ ފަރާތްތަކުން އަންނަނީ އެހީތެރިވަމުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އޭގެތެރޭގައިވެސް މެދުކެނޑުމެއް ނެތި އެންމެ ބޮޑު އެހީ ލިބެމުން އަންނީ ސަޢޫދީ އަރަބިއްޔާއިން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.