ދުނިޔެ

އައިއެސްއަށް ނިސްބަތްވާކަމުގެ ކުށުގައި 7 މީހަކު ޖަލަށްލައިފި


ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އައިއެސްއަށް ނިސްބަތްވާކަމުގެ ކުށް ސާބިތުވެގެން އިންޑޮނީޝިޔާގެ 7 މީހަކު ޖަލަށްލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.މިއީ ހަރުކަށި ޖަމާޢަތްތަކާއި ދެކޮޅަށް އިންޑޮނީޝިޔާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އައިއެސް ޖަމާޢަތަށް ނިސްބަތްވާކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ 7 މީހުންނެވެ. މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު ޖަކާޓާގައި ބޮމާއި ބަޑިން ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބުނެ އެކަމުގެ މަސްއޫލިއްޔަތު އުފުލާފައިވަނީ އައިއެސް ޖަމާޢަތުންނެވެ.އެޙަމަލާތަކުގައި 8 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހަނގުރާމަވެރިންގެ 4 މީހުންވެސް ހިމެނެއެވެ.