ދުނިޔެ

ސޫރިޔާ ސިފައިން ޙަލަބް ޙިޞާރުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ


ސޫރިޔާ ސިފައިން، ޙަލަބްގައިވާ އިދިކޮޅު ޖަމާޢަތްތަކުގެ ކޮންޓްރޯލް އޮންނަ އަވަށްތައް ޙިޞާރުކޮށްފިނަމަ އެތަންތަނުގައި ދިރިއުޅޭ އެތައްސަތޭކަހާސް ބަޔަކު ހައިހޫނުކަން ތަޙައްމަލު ކުރަންޖެހިދާނެކަމުގެ އިންޒާރު އދ. ން ދީފިއެވެ.އދ. ން ބުނީ ޙަލަބްގައި މިލިޔަނެއްހާ މީހުން ދިރިއުޅޭއިރު އޭގެތެރެއިން ތިންބައިކުޅަ އެއްބައިމީހުން ދިރިއުޅެނީ އިދިކޮޅު ޖަމާޢަތްތަކުގެ ކޮންޓްރޯލް އޮންނަ ސަރަޙައްދުތަކުގައެވެ. ސޫރިޔާ ސިފައިން ޙަލަބްގެ ވަށައިގެންވާ ސަރަޙައްދުތަކުން އިދިކޮޅު ހަނގުރާމަވެރިން ފައްސާލުމަށްޓަކައި ދަނީ އެސަރަޙައްދުތަކުގައި އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.ރަޝިޔާގެ ވައިގެ އެހީއާއި އެކު ހިންގާ މި އޮޕަރޭޝަންގެ ސަބަބުން އެސަރަޙައްދުތަކުން ދުއިސައްތަ ހާހެއްހާ މީހުން ވަނީ ގެދޮރުދޫކޮށް އަވަށްޓެރި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ.