ދުނިޔެ

ޖަރުމަނުވިލާތުގައި ރޭލު އެކްސިޑެންޓެއް ހިނގައި 10 މީހުން މަރުވުން


ޖަރުމަނުވިލާތުގައި 2 ރޭލު ޖެހުމުގެ ސަބަބުން 10 މީހުން މަރުވެ 150 އަށް ވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.މިހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ފުރާނައަށް ނުރައްކާވާ ހިސާބުގައިވާތީ މަރުވާ މީހުންގެ ޢަދަދު މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް އެޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާ ހިނގީ ޖަރުމަނުވިލާތުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ބަވާރިޔާގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މި 2 ރޭލުންކުރެ 1 ރޭލު އޭގެ ދަނގަނޑުން ކައްސާލުމުގެ ސަބަބުންނެވެ. ރޭލު ދަނގަނޑުން ކައްސާލި ސަބަބު ނޭނގޭ ކަމަށާއި މިކަން ބަލައި ތަޙްޤީޤް ކުރަމުން ގެންދާކަމަށް ޖަރުމަނުވިލާތުގެ ފެޑެރަލް ފުލުހުން ބުނެއެވެ. ޖަރުމަނުވިލާތުގައި ރޭލް އެކްސިޑެންޓްތަކަކީ ވަރަށް މަދުން ހިނގާ ކަމެކެވެ.