ކުޅިވަރު

ރަންމެޑަލްގެ އުއްމީދުގައި ހުރި ސާއިދު 100 މީޓަރުގެ ފައިނަލަށް


ހީޓްގެ ދެވަނަ ހޯދައިގެން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުގެ ފައިނަލް ބުރަށް ދަތުރުކޮށްފިއެވެ. ރަންމެޑަލް ހޯދުމުގެ އުއްމީދުގައި ހުރި ޒުވާން އެތްލީޓް ދެވަނަ ހޯދީ 8 އެތްލީޓުން ވާދަކުރި ހީޓްގައި ވާދަކޮށެވެ. ސާއިދު ރޭސް ނިންމީ 10.45 ސިކުންތުންނެވެ. ސާއިދު ވާދަކުރި ހީޓްގެ އެއްވަނަ ހޯދި އެތްލީޓް ރޭސް ނިންމީ 10.26 ސިކުންތުންނެވެ. ފައިނަލްބުރު އޮންނާނީ މިއަދު ހަވީރު 5:30 ގައެވެ. މިގޭމްސްގައިވެސް ރާއްޖެއަށް ރަންމެޑަލްއަކަށް އެންމެ ބޮޑަށް އުއްމީދުކުރެވޭ އިވެންޓަކީ މިއީއެވެ.ސާއިދު ވަނީ އެންމެފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ރަންމެޑަލް ހޯދާފައެވެ. އޭނާ މިފަހަރުގެ ގޭމްސްއަށްވެސް ދިޔައީ ބޭރުގައި ތަމްރީން ފުރިހަމަކުރުމަށްފަހުއެވެ.