ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ބީ ތިނެއްގައި މޮންޓެނީގްރޯއާ ދެކޮޅަށް ކުޅުނު މެޗު ފިންލަންޑުން ކާމިޔާބުކޮށްފިއެވެ.
މޮންޓެނީގްރޯގައި ކުޅުނު މިމެޗް ފިންލަންޑް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިންލަންޑުންނެވެ. މެޗްގެ 17 ވަނަ މިނެޓްގައި މޮންޓެނެގްރޯގެ ޒާކޯ ޓޮމަސެވިޗްއަށް ރަތް ކާޑު ދެއްކުމާއެކު އެޓީމުން މެޗްގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މި މެޗްގައި ފިންލަންޑްގެ ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ އޮލިވަރ އެންޓްމަންއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ބެންޖަމިން ކާލްމަން އެވެ. މެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ފިންލަންޑަށް ލިބިގެންދިޔަ އެވެ.
މި ކާމިޔާބީއާއެކު ފިންލަންޑުން މިފަހަރުގެ ނޭޝަންސް ލީގު ނިންމާލީ ކުޅުނު ހަ މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮވެގެންނެވެ. އަދި މޮންޓެނެގްރޯ ދިޔައީ ހަތް ޕޮއިންޓާއެކު ތިންވަނައަށެވެ. ނަމަވެސް އެއީ މި ގްރޫޕުން ރެލިގޭޓްވި ރޮމޭނިއާ އާއި އެއްވަރަށް ޕޮއިންޓް ލިބި ފައިދާ ގޯލަށް ބަލާއިރު މޮންޓެނެގްރޯއަށް ކުރި ލިބޭތީއެވެ.